
މެލޭޝިއާގެ ޔުނިވާސިޓީ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 15 މަރު!
# މެލޭޝިޔާ-
މެލޭޝިއާގެ އައިޕޯ ސަރަހައްދުގައި އީސްޓް-ވެސްޓް ހައިވޭ (ޖަލަން ރާޔާ ޓިމުރު-ބަރަތު، ޖޭއާރްޓީބީ) ގައި ޔުނިވާސިޓީ ދަރިވަރުންތަކެއް ދަތުރުކުރި ބަހަކާއި އެހެން ވެހިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 15 މީހަކު މީހަކު މަރުވެއްޖެ އެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި ޔުނިވާސިޓީ ޕެންޑިޑިކަން ސުލްތާން އިދްރީސް (ޔޫޕީއެސްއައި) ގެ 14 ދަރިވަރުންނާއި ބަސް އެޓެންޑެންޓެއް ހިމެނެ އެވެ.
ޕެރަކް ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސަޔާނީ ސައިޑޮން ވިދާޅުވީ މަރުވި 15 މީހުންގެ ތެރެއިން 13 މީހުން މަރުވީ ހާދިސާ ހިނގި ސަރަހައްދުގައި ކަމަށާއި އިތުރު ދެ މީހަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
"މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 10 އަންހެނުންނާއި 5 ފިރިހެނުން، މަރުވި މީހުން މިހާރު ވަނީ ގެރިކް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައި. އަދި އަނިޔާވި 33 މީހުން އެބަތިބި، ރެޑް ޒޯން (ކްރިޓިކަލް) ގައި ހަތް މީހުން، ޔެލޯ ޒޯން (މެދުމިނުގައި) ގައި 20 މީހުން އަދި ގްރީން ޒޯން (މައިނަރު) ގައި ހަ މީހަކު އެބަ ތިބި،" އެކަމަނާ ވިދާޅުވި އެވެ.
ޔުނިވާސިޓީ ޕެންޑިޑިކަން ސުލްތާން އިދްރީސް (ޔޫޕީއެސްއައި) އިން ވަނީ މިހާރު ވަނީ މިއަދު ހެނދުނު ގެރިކްގެ ބަނޫންގެ އީސްޓް-ވެސްޓް ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ބަހުގެ އެޔުނިވާސިޓީގެ 42 ދަރިވަރަކު ތިބި ކަން ކަށަވަރުކޮށްދީފައި އެވެ. ޔޫޕީއެސްއައި ކޯޕަރޭޓް ކޮމިއުނިކޭޝަން ޑިވިޜަނުން ބުނީ ބަހުގައި 44 ދަރިވަރަކު ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އޭގެ ތެރެއިން ދެ ދަރިވަރަކު އެދަތުރުގައި ބައިވެރިނުވާ ކަމަށެވެ.
ގުޅުންހުރި

ޔޫޕީއެސްއައި ދަރިވަރުން ގޮވައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓުވި ބަހުގައި ތިބީ 21 އަހާއި 23 އަހަރާއި ދެމެދުގެ ކުދީން!

މެލޭޝިއާގެ ޔުނިވާސިޓީ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 15 މަރު!

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާކޮށްފި
