
ޔޫޕީއެސްއައި ދަރިވަރުން ގޮވައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓުވި ބަހުގައި ތިބީ 21 އަހާއި 23 އަހަރާއި ދެމެދުގެ ކުދީން!
# މެލޭޝިޔާ--
މެލޭޝިއާގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކްސިޑެންޓުވި ބަހުގައި ތިބީ 21 އަހަރާއި 23 އަހަރުގެ ކުދީން ކަމަށް މި ހާދިސާ ތަހުގީގު ކުރަމުންދާ ޕެރާކް ސަރަހައްދުގެ ފުލުހުން ބުނެފި އެވެ.

މިއަދު ހެނދުނު މެލޭޝިއާގެ ޓެރަންގަނޫއިން ޕެރާކްއަށް ދަތުރުކުރަމުންދަނިކޮށް އެކްސިޑެންޓުވި ބަހުގައި ތިބި 15 މީހަކު ވަނީ މަރުވެފައި އެވެ. އޭގެ ތެރޭގައި ޕެރާކްގައި ހުންނަ ޔުނިވާސިޓީ ޕެންޑިޑިކަން ސުލްތާން އިދްރީސް (ޔޫޕީއެސްއައި) ގެ 14 ދަރިވަރަކު ހިމެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަޟްހާ އީދު ބަންދަށް އެދަރިވަރުން އެމީހުންގެ އާއިލާތަކަށް ޒިޔާރާތް ކުރުމަށް ޓެރަންގަނޫއަށް ދިޔުމަށްފަހު އީދު ބަންދު ނިންމާލައި މިއަދު އަނބުރާ ޔުނިވާސިޓީއަށް އައި މަގުމަތީގައި އެވެ. އެގޮތުން މި ބަހުގައި ތިބީ 21 އަހަރާއި 23 އަހަރުގެ ދަރިވަރުން ކަމަށް ޕެރާކްގެ ފުލުހުން ވަނީ ބުނެފައި އެވެ.
ޔޫޕީއެސްއައިގެ 15 ދަރިވަރަކު މަރުވި ނުރައްކާތެރި ބަސް އެކްސިޑެންޓް ހިނގީ ޕެރޯޑުއާ އަލްޒާއެއް ކަމަށް ބެލެވޭ މަލްޓި ޕާޕަސް ވެހިކަލް (އެމްޕީވީ) ގެ ފަހަތުގައި ބަސް ޖެހި ބަސް ފުރުޅާލައިގެން ކަމަށް ތަހުގީގުގެ ފުރަތަމަ މަރުހަލާގައި މިހާރު ވަނީ ކަށަވަރުވެފައި އެވެ. އެގޮތުން ހާދިސާގެ ފުރަތަމަ މަރުހަލާގެ ތަހުގީގާއި ގުޅޭ މައުލޫމާތު ދެއްވަމުން އިޕެރަކްގެ ޕޮލިސް ޗީފް ދަތުކް ނޫރު ހިސާމް ނޯޑިން ވިދާޅުވީ މި ބަހުގައި ޔޫޕީއެސްއައިގެ 42 ދަރިވަރުން ދަތުރުކުރަމުން ދިޔަ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 8 ފިރިހެނުންނާއި 32 އަންހެނުން ކަމަށާއި އެ އެންމެންނަކީ ވެސް 21 އަހަރާއި 23 އަހަރާ ދެމެދުގެ ދަރިވަރުން ކަމަށެވެ. އަދި އެހިރިހާ ދަރިވަރުންނަކީވެސް މެލޭޝިއާގެ އިރުމަތީ އައްސޭރިފަށުގެ އަވަށްތަކަށް ނިސްބަތްވާ ދަރިވަރުން ކަމަށެވެ.
އޭނާ ވިދާޅުވީ އެކްސިޑެންޓުވި ބަހަކީ މެލޭޝިއާގެ ކެޑާގައި ރަޖިސްޓްރީ ކޮށްފައިވާ ބަހެއް ކަމަށާއި އަދި ރޭ ކުރި ދަތުރަކީ ދަރިވަރުން ޕްރައިވެޓްކޮށް ޗާޓަރުކޮށްގެން ކުރި ދަތުރެއް ކަމަށެވެ. އާދީއްތަ ދުވަހުގެ ރޭ 9:00 ހާއިރު ޓެރެންގަނޫގެ ޖެރްޓިހްއިން ދަތުރުފަށައިގެން ޕެރަކްގެ ތަންޖުންގް މާލިމްގައި ހުންނަ އެ މީހުންގެ ކެމްޕަހަށް ދަތުރުކުރަމުން ދަނިކޮށް ޖެރިކްގެ ބަނޫންގެ އީސްޓް-ވެސްޓް ހައިވޭ (ޖޭއާރްޓީބީ) ގެ ކޭއެމް53 ގައި މި އެކްސިޑެންޓު ހިނގީ ރޭ މެލޭޝިއާ ގަޑިން ދަންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫރު ހިސާމް ވިދާޅުވީ އެމްޕީވީގެ ޑްރައިވަރާއި ފަސިންޖަރުންގެ ތެރޭގައި 37 އަހަރާއި 36 އަހަރުގެ ދެމަފިރިންގެ އިތުރުން ހަ އަހަރުގެ އަންހެން ދަރިފުޅާއި ތިން އަހަރުގެ ފިރިހެން ދަރިފުޅު ވެސް ހިމެނޭ ކަމަށާއި އެ މީހުންނަށް ވެސް އަނިޔާވެ ބޭސްފަރުވާއަށް ކެޑާގެ ބާލިން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މެލޭޝިއާގެ ރޯޑް ޓްރާންސްޕޯޓް ޑިޕާޓްމަންޓް (ޖޭޕީޖޭ) އާއި ކޮމްޕިއުޓަރައިޒްޑް ވެހިކަލް އިންސްޕެކްޝަން ސެންޓަރު (ޕުސްޕަކޮމް) އަދި މެލޭޝިއަން ރޯޑް ސޭފްޓީ ރިސާޗް އިންސްޓިޓިއުޓް (މިރޯސް) ފަދަ ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ޓެކްނިކަލް ކަންކަމާއި އިންސާނީ އިހުމާލާއި ކުރީގެ ކުށުގެ ރެކޯޑްތަކަށް އަލިއަޅުވާލައި ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އެކްސިޑެންޓް ހިނގި މަގަކީ ވައިގަދަވެ، ތިރިއަށް (ފަރުބަދައިގެ ގޮތުން) ތިރިވެފައިވާ މަގެކެވެ. އެކްސިޑެންޓު ހިނގި ސަރަހައްދުގެ ގޮތުން ތަސިކް ބޭންޑިންގެ ކައިރީގައި ފިޔަވައި އެއްވެސް އަލިކަމެއް އެކްސިޑެންޓު ހިނގި ވަގުތު ނެތްކަން އޭނާ ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި އެކްސިޑެންޓު ހިނގި ސަރަހައްދުގެ ގޮތުން އެސަރަހައްދަށް ކަމާބެހޭ ފަރާތްތަކަށް ދެވުނީ އެކްސިޑެންޓުގެ ރިޕޯޓުކުރިތާ ގަޑިއެއްހާ އިރު ފަހުންނެވެ. އެގޮތުން މެލޭޝިއާގެ ރިޕޯތުތައް ބުނާގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓު ކަމާބެހޭ އިދާރާތަކަށް ފުރަތަމަ ލިބުނީ ރޭ 01:10 ހާއިރުއެވެ. ނަމަވެސް ރެސްކިއު ފުރަތަމަ ޓީމަށް ސީންއަށް ދެވުނީ 02؛11 ހާއިރު އެވެ.
ގުޅުންހުރި

ޔޫޕީއެސްއައި ދަރިވަރުން ގޮވައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓުވި ބަހުގައި ތިބީ 21 އަހާއި 23 އަހަރާއި ދެމެދުގެ ކުދީން!

މެލޭޝިއާގެ ޔުނިވާސިޓީ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 15 މަރު!

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާކޮށްފި
