logoEN
cocacola
ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

އައިޝަތު އިފާޝާ

logo

3/29/2024, 9:57:10 AM

# ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންނަށް ރޭ ބޭއްވި ތަރާވީހުގެ ތެރެއިން - ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ކޮންމެ އަހަރަކުވެސް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މިއަހަރު ފުރުސަތު ލިބޭ ހަ މީހުން ހޮވައިފިއެވެ.

ގޮސިޔާ

ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ނެގީ އެ ކުންފުނީގެ މުވައްޒަފުންނަށް ރޭ ދިން ހާއްސަ ތަރާވީހުގަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެ ފުރުސަތު ހުޅުވައިލީ ދެ ޖިންސު ވަކިންނެވެ.

ސްޓެލްކޯއިން ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވައިލި ފުރުސަތުގައި 116 މުވައްޒަފަކު ކުރިމަތިލިއިރު އޭގެ ތެރެއިން 98 މުވައްޒަފުންގެ ޝަރުތު ހަމަވާ ކަމަށެވެ. އުމްރާގެ އަޅުކަމަށް ކުރިމަތިލި 263 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފެކެވެ.

ސްޓެލްކޯ ބުނި ގޮތުގައި މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކަށް އެކަންޏެވެ. އެކަމަކު، އެ ޕޮލިސީ ބަދަލުކޮށް މި އަހަރު ނިންމީ ހައްޖުގެ އަޅުކަމާއި އުމްރާއަށް ވެސް ދެ ފިރިހެންނާއި އަންހެން މުވައްޒަފަކު ހޮވާށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހޮވުނު މުވައްޒަފުން:
  1. އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
  2. މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
  3. އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން:
  1. އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
  2. މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
  3. ހަދީޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ހައްޖުގެ އަޅުކަން އަދާކުރުމަށް ސްޓެލްކޯގެ ފަރާތުން ފޮނުވަނީ އެ ކުންފުނީގައި މަސައްކަތްކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ކުރިމަތިލާ މުވައްޒަފުން ކުންފުނީގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ