logoEN
cocacola
ޑިސްކައުންޓް ނުހިމަނާ ފޮނުވި ބިލްތައް ދެއްކި ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓު އަދަދު އުނިކޮށްދޭނެ- ސްޓެލްކޯ

ޑިސްކައުންޓް ނުހިމަނާ ފޮނުވި ބިލްތައް ދެއްކި ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓު އަދަދު އުނިކޮށްދޭނެ- ސްޓެލްކޯ

އަހުމަދު ޝުރާއު

logo

5/4/2024, 1:49:21 PM

# ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި ކުރިން ފޮނުވާލާފައިވާ ބިލްތަކަށް ޑިސްކައުންޓް ދިނުމަށްފަހު މިރޭގެ ނިޔަލަށް އެބިލްތައް ފޮނުވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ގޮސިޔާ

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސް ވައުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފައި ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން ކަން ފަހުމީ ހާމަކުރެއްވި އެވެ.

ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފައިވާކަން ވެސް ފަހުމީ ހާމަކުރެއްވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ކަރަންޓާއި ފެނުގެ ބިލުތަކުން ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ އެކަން ހައްލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކަމާބެހޭ ފާރާރަތްތަކަށް އެންގެވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް އާންމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެއްސުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ތިން ކުންފުނި ކަމަށްވާ ސްޓެލްކޯ, ފެނަކަ އަދި އެމްޑަބްލިއުއެސްސީއަށް އަންގަވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ