logoEN
cocacola
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތެއް ބާއްވަނީ

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

5/5/2024, 6:09:45 PM

# ސްޓެލްކޯ

ސްޓެލްކޯއިން ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތް

ކޮންމެ އަހަރެއްްގެ މޭ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯއިން ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާޙައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތާއެކު، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 10 މެއި 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށެވެ.

View post on Twitter

ސްޓެލްކޯއިން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް ދައުވަތު އަރުވާފައި އެވެ.

މިއީ ސްޓެލްކޯގެ ފަރާތުން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މިފަދަ ބޮޑު ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ