logoEN
cocacola
ކަރަންޓު ބިލުތަކަށް ޑިސްކައުންޓްދިނުމަށްފަހު އަދާހަމަކުރުން ސްޓެލްކޯއިން ނިންމައިފި

ކަރަންޓު ބިލުތަކަށް ޑިސްކައުންޓްދިނުމަށްފަހު އަދާހަމަކުރުން ސްޓެލްކޯއިން ނިންމައިފި

އަހުމަދު ޝުރާއު

logo

5/2/2024, 1:07:46 PM

# ސްޓެލްކޯ

ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށްފަހު ކުރިން ފޮނުވާފައިވާ ބިލްތައް އަދާހަމަކުރަން ސްޓެލްކޯއިން ނިންމައިފި އެވެ.

ގޮސިޔާ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް އާންމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެއްސުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ތިން ކުންފުނި ކަމަށްވާ ސްޓެލްކޯ, ފެނަކަ އަދި އެމްޑަބްލިއުއެސްސީއަށް އަންގަވާފައި އެވެ.

ރަމަޟާން މަހަށް ފަހު މާލޭގެ ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލްތައް ބޮޑުވުމުގެ ޝަކުވާ ބޮޑު ވެފައިވާއިރު ސްޓެލްކޯއިން ބުނާގޮތުގައި ކަރަންޓު ބިލުތައް މާބޮޑަށް ބޮޑު ވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މާބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކުރުމާއި ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ