
އިސްރާއީލުން ސީރިއާއަށް ދިން ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ
# ސީރިއާ# ޔަހޫދީ އިސްރާއީލް.
އިސްރާއީލުން ސީރިއާއަށް ދިން ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސީރިއާގެ އުތުރުގެ އަލެޕޯ ޕްރޮވިންސަށް އިސްރާއީލުން ރޭ ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 42 އަށް ވަނީ އަރާފައެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ހިޒްބުالله އަށް ނިސްބަތްވާ 6 މީހުންނާއި ސީރިއާ ސިފައިންގެ 36 މީހުން ހިމެނޭކަމަށް ހަނގުރާމަ މޮނިޓަރ ކުރާ ފަރާތްތަކުން ބުނެއެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ހަތިޔާރު ގުދަން ކޮށްފައި ހުރި ތަނަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ފަހަކަށް އައިސް ސީރިއާގައި ހުންނަ އީރާނުގެ އަމާޒުތަކަށް އިސްރާއީލުން ގެންދަނީ ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ ބޭނުމަކީ އީރާނުން އަސްކަރީ ގިތުން ސީރިއާގައި ގާއިމުވުން ހުއްޓުވުމެވެ.
ގުޅުންހުރި

ސީރިއާގެ އަސްކަރީ މަރުކަޒުތަކަކަށް ޔަހޫދީން ވައިގެ ހަމަލާތަކެއްދީފި

ސީރިއާގެ ތިން ސިފައިންގެ މަރާއިއެކު ލުބުނާނަށް ސީރިއާއިން ހަމަލާދެނީ!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 88 މީހަކު ޝަހީދުކޮށްލައިފި
