logoEN
cocacola
އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް ގާއިމްކުރުމަށް ޗައިނާ ކުންފުންޏަކާއިއެކު ސޮއިކޮށްފި

އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް ގާއިމްކުރުމަށް ޗައިނާ ކުންފުންޏަކާއިއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

3/28/2024, 6:16:48 PM

# އެސްޓީއޯ

އޭއީޒެޑް ތަރައްޤީކުރުމަށް ސޮއިކުރުން

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށާއި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

އަދި މީގެ އިތުރުން މި އެއްބަސްވުމުގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، އިގްތިސާދީ ތަރައްގީއަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ހޯދުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

undefinedއޭއީޒެޑް ތަރައްޤީކުރުމަށް ސޮއިކުރުން

ސޮއިކުރެވުނު އެއްބަސްވުމާއި އެކު އެކުންފުނިން މި މަޝްރޫއު ހިންގުމަށް ނިންމާފައިވާ އުތުރު ތިލަފަށުގެ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ކުރާނެ ކަމަސް އެސްޓީއޯއިން ބުނެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކުރީ ސަރުކާރުތަކުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާރިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއް ނެތްކަން އެސްޓީއޯއިން ފާހަގަކުރެއެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ޙިއްޞާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ 2% އަށްވުރެވެސް މަދު އަދަދެއް ކަމަށާއި ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއްސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށިކަމުން ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އިޤްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެފައިވުމާއި ބައިނަލް އަގްވާމީ ކާރިސާތަކާއި، ސަޕްލައިއަށް އަންނަ ހުރަސްތަކާއި، ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާބަރޯސާވެފަވާ ރާއްޖެއަށް ހުރި ނުރައްކާތަށް އިތުރަށް ސާފުވެގެން ދިޔަކަން އެސްޓީއޯއިން ހާމަކުރެއެވެ.

އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް މިއަދު އެކުލަވާލެުނު އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެއް ކަމަށާއި މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައި އެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީޚީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.

މި މަޝްރޫއު ހަވާލުކުރި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އަކީ މަގު، ބްރިޖް، ރޭލްވޭ، އަދި އެއާޕޯޓް، ހެދުމުގެ އިތުރުން މެރިން އިންޖިނިއަރިން، ޑްރެޖިން، އަދި ރިކްލެމޭޝަން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތަޖުރިބާ ލިބިފައިވާ ގްލޯބަލް އިންޖިނިއަރިން ކޮންޓްރެކްޓަރެކެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބިން ހިއްކުމުގެ ކުންފުންޏެއްގެ ގޮތުގައި ބަލައިގަނެ، އޭޝިއާ، އެފްރިކާ، އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ