logoEN
cocacola
އެސްޓީއޯއިން ތާޒާ އިނގުރާއި ލޮނުމެދު އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަނީ

އެސްޓީއޯއިން ތާޒާ އިނގުރާއި ލޮނުމެދު އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަނީ

އަހުމަދު ޝުރާއު

logo

3/31/2024, 6:26:55 PM

# އެސްޓީއޯ

ލޮނުމެދު

ސްޓޭޑް ޓްރޭޑް އޯގަނައިޒޭޝަން, އެސްޓީއޯއިން އިނގުރާއި ލޮނުމެދުގެ ޝިޕްމެންޓެއް ރާއްޖެ އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަން ފަށައިފި އެވެ.

ގޮސިޔާ

އެސްޓީއޯއިން މިއަދު ބުނީ އިނގުރާއި ލޮނުމެދުގެ އިތުރު ޝިޕްމެންޓެއް ރާއްޖެ ގެނެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އިނގުރު ބަސްތާއެއް 273 ރުފިޔާއަށް މިހާރު ލިބިލައްވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި 5 ބަސްތާ ގަންނަ ނަމަ ބަސްތާއެއް 263 ގެ ރޭޓުން ލިބިލައްވާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައި އެވެ.

View post on Twitter

މީގެ އިތުރުން ތާޒާ ލޮނުމެދު ބަސްތާއެއް 302 ރުފިޔާއަށް މިހާރު އެސްޓިއޯއިން ވިއްކަން ފަށާފައިވާ ކަމަށާއި 5 ބަސްތާ ގަންނަ ނަމަ 292 ރުފިޔާއަށް ބަސްތާއެއް ލިބިލައްވާނެ ކަން އެކުންފުނިން ވަނީ ބުނެފައި އެވެ.

View post on Twitter

އެސްޓީއޯއިން ލޮނުމެދާއި އިނގުރު އެތެރެކޮށްފައިވަނީ ރާއްޖޭގެ ބާޒާރުގައި އިނގުރާއި ލުނުމެދުގެ އަގު ކުޑަކޮށް އުފުލެން ފެށުމާއި ތާޒާ ލޮނުމެދާއި އިނގުރު ބާޒާރުން ލިބެން ދަތިވެފައިވާ ދަނޑިވަޅެއްގައި އެވެ.

ރަމަޟާން މަހާއިއެކު އެސްޓީއޯއިން އަންނަނީ ރާއްޖޭގެ ބާޒާރުގައި އަގުބޮޑު ބާވަތްތައް އެތެރެކޮށް ހެޔޮ އަގެއްގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ