
-
މި ރަމަޟާން މަހު ސަރުކާރުން އާއްމުރައްޔިތުންނަށް ހަދިޔާކުރާ ކާޑު، މާލެ ސަރަހައްދުން ނުގެންދާ މީހުންނަށް އެސްޓީއޯ ކާޑު ގުދަނުން އެ ތަކެތި ދޫކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާލެ ސަރަހައްދުން ނުގެންދެވުނު ފަރާތްތަކަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ.
ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00އާ ހަމައަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިއުލާންކުރެއްވި ރޯދަ ހަދިޔާ އެވެ.
ސަރުކާރުން ބަހާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. ކާޑު ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓިއޯއިން ބުނީ އެކުންފުނިން މިމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.
ގުޅުންހުރި

ރޯދަ ހަދިޔާއަށް މިއަހަރުވެސް މަސް ކޭހަކާއި 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަރަންޓު ބިލެއް!

އެސްޓީއޯއަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ!

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުވި 23 ބާވަތް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި: އަގުހެޔޮ ވާނެ!





