logoEN
cocacola
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމެއް ހުޅުމާލޭގައި ހުޅުވައިފި

އަހުމަދު ޝުރާއު

logo

4/24/2024, 9:40:06 AM

# އެސްޓީއޯ

އެސްޓީއޯގެ އައު ޝޯރޫމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ގޮސިޔާ

އެސްޓީއޯ އިން ބުނީ މި ފިހާރައިން މަކިޓާ އަދި ނިޕޯން ޕެއިންޓާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް އޯޑަރ ކުރެވޭނެ ކަމަށާއި މިޝޯވރޫމް ހުންނަނީ އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ލޮކޭޝަނުގައި. (އެސްޓީއޯ ސްމާރޓް ސްޓޯއާއި ޖެހިގެން) ކަމަށެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯރޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމުގެ ޝުކުރުދަންނަވާފައެވެ.

View post on Twitter

މިފިހާރައިން ވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެންހުންނާނެ ކަމަށާއި އަދި މިއީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯވރޫމްގައި ވަނީ ހަމަޖއްސައިފައިވާ ކަމަށާއި މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މިޝޯވރޫމް އިން ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދޭ ކުންފުންޏެވެ. އެސްޓީއޯގެ ތާރީހުގައި އެސްޓީއޯއަށާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޔަތަށްވެސް ގިނަގުނަ ފާހަގަކޮއްލެވޭ ތާރީހީ ކުރިއެރުންތަށް ވަނީ ގެނެސްދެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ