logoEN
cocacola
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/28/2024, 5:22:52 PM

# ސްޕޯޓްސް މިނިސްޓްރީ

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލުކުރުން

ފ. ބިލެތްދޫ، ރ. އިނގުރައިދޫ އަދި ބ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް މޯލްޑިވްސް އެޝުއަރ ސަޕްލައި އާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި 3 ރަށުގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި 4 ރަށުގެ ތެރެއިން ރ. އިނގުރައިދޫ އަދި ބ. ދޮންފަނު ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ރަޢޫފް އެވެ. ފ. ބިލެތްދޫ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒް އެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން މި 3 ރަށުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް އޮފިސަރ ހައިކަލް އަލީ މުސްތަފާ އެވެ.

View post on Twitter

މި އެއްބަސްވުމުގެ ދަށުން މި 3 ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އެޝުއަރ ސަޕްލައި އާ ހަވާލުކުރީ މަސައްކަތް ފަށާތާ، 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،796،382.36 މިލިއަން ރުފިޔާ (ކޮންމެ ދަނޑަކަށް) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓްއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ