logoEN
cocacola
ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާ ރޭ ފަށަނީ

ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާ ރޭ ފަށަނީ

ހަސަން ޝަމްއޫން

logo

3/28/2024, 3:54:51 PM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ މެޗެއްގެ ތެރެއިިން... ފޮޓޯ: އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ދެވަނަ ބުރުގެ ކުޅުން ނިމި ކުއާޓާ ފައިނަލުގެ މެޗުތައް މާދަމާ ރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ގޮސިޔާ

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމު ވާދަކުރަމުންދާއިރު، މުބާރަތުގެ މެޗުތައް ކުރިއަށްދަނީ ބައިވެރި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވުނުއިރު، ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި ވަނީ އެފްސީ ކާމްސް ބްލޫ، ޖޭޖޭ ސްޕޯޓްސް ކުލަބު، ޒެފަރސް ސްޕޯޓްސް ކުލަބު، އެފްސީ ކާމްސް، އާރުޑީއެލް އެސްސީ، ފަސްތަރި ސްޕޯޓްސް ކުލަބު އަދި ސްކޮޑްރާ ގެ އިތުރުން ޔޫއެން ފްރެންޑްސް އެވެ.

މާދަމާ ރޭ 22:00 ގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޖޭޖޭ ސްޕޯޓްސް ކުލަބާއި އެފްސީ ކާމްސް ބްލޫ ވާދަކުރާއިރު، 23:00 ގައި ކުރެވޭ ދެވަނަ މެޗުގައި ޒެފަރސް ސްޕޯޓްސް ކުލަބު ނުކުންނާނީ އެފްސީ ކާމްސް އާއި ދެކޮޅަށެވެ.

ހޮނިހިރު ދުވަހުގެ ރޭ 22:00 ގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ފަސްތަރި ސްޕޯޓްސް ކުލަބު ވާދަކުރި އިރު. ކުއާޓާ ފައިނަލުގެ ފަހުމެޗުގައި އެރޭ 23:00 ގައި ސްކޮޑްރާ އިން ނުކުންނާނީ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށެވެ.

މީގެ އިތުރުން މުބަރަތުގެ ސެމީފައިނަލްގެ ދެމެޗު އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 22:00 އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ