logoEN
cocacola
ސަލާހް ސައުދީ ލީގަށް، ބަދަލުގައި ލިވަޕޫލުން ރޮޑްރީގޯ ހޯދަން މަސައްކަތް ކުރަނީ

ސަލާހް ސައުދީ ލީގަށް، ބަދަލުގައި ލިވަޕޫލުން ރޮޑްރީގޯ ހޯދަން މަސައްކަތް ކުރަނީ

ހަސަން ޝަމްއޫން

logo

3/28/2024, 12:33:41 PM

# ޓްރާންސްފާ މާކެޓް# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް

ލިވިޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ރޮޑްރީގޯ

ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް މިސީޒަނަށްފަހު ޓީމު ދޫކޮއްލާނެކަމަށް ބެލެވޭތީ، އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ހޯދުމަށް ލިވަޕޫލުން ބޮޑު އަގެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ގޮސިޔާ

ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން ރެއާލް މެޑްރިޑަށް އެންމެ ފުރަތަަމަ ހުށަހެޅީ 60 މިލިއަން ޔޫރޯގެ އަގެކެވެ. ނަމަވެސް ރެއާލް މެޑްރިޑުން ލިވަޕޫލުގެ ފުރަތަމަ ހުށަހެޅުމަށް ނޫނެކޭ ބުނުމުން ލިވަޕޫލުން މިހާރު ވަނީ އެއަގު 80 މިލިއަން ޔޫރޯއަށް ބޮޑު ކުރުމަށް ނިންމާފައެވެ.

ލިވަޕޫލުން ރޮޑްރީގޯ ހޯދަން މަސައްކަތް ކުރާ މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ މުހައްމަދު ސަލާހް މިސީޒަނަށްފަހު ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭތީ އެވެ. އޭނާ ހޯދުމަށް ސައުދީ ކުލަބުތަކުން މަސައްކަތް ކުރަމުންއަންނައިރު، އުމުރުން 31 އަހަރުގެ ފޯވާޑް އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

މީގެ އިތުރުން މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބަދަލުވާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، ބުރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ޖޫންމަހު އެޓީމާއި ގުޅުމުން މިހާރު ރެއާލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ރޮޑްރީގޯއަށް ފުރަތަަމަ އެގާރައިން ޖާގައެއް ހޯދުމަށް އުނދަގޫވާނެ އެވެ. އަދި ލިވަޕޫލުން ގަބޫލުކުރާގޮތުގައި ސަލާހުގެ ބަދަލުގައި ލިވިޕޫލުގެ ކުރިއަށް މިވަގުތު އެންމެ ރަނގަޅު ޗޮއިސްއަކީ ރޮޑްރީގޯ އެވެ.

ނަމަވެސް ރެއާލުން ރޮޑްރީގޯ ވިއްކާލުމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ. ސަބަބަކީ އެމްބާޕޭ މީގެ ކުރީ ދެ ފަހަރަކު ވެސް އަންނަން އެއްބަސްވުމަށްފަހު ފަހު ވަގުތު އެނިންމުން ބަދަލުކޮށްފައިވާތީއެވެ. ރެއާލް މެޑްރިޑުން އޭނާގެ ސޮއި ޔަގީންވުމުގެ ކުރިން ޓީމުގެ މުހިންމު ކުޅުންތެރިއަކު ދޫކޮށްލަން ބޭނުންނުވަނީ އެވެ.

2019 ވަނަ އަހަރު ބުރެޒިލްގެ ސަންތޯސް އިން 45 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ރެއާލް މެޑްރިޑާއި ގުޅުނު އުމުރުން 23 އަހަރުގެ ފޯވާޑް ވަނީ މިހާތަަނަށް ރެއާލް މެޑްރިޑަށް ކުޅެދިން 206 މެޗުގައި އެޓީމަށް 50 ލަނޑު ކާމިޔާބުކޮށްދިނީފައެވެ.

މީގެ އިތުރުން ރޮޑްރީގޯ ވަނީ ރެއާލް މެޑްރިޑާއި އެކު ލަލީގާ ދެފަހަރު، ސްޕެނިޝް ކަޕް ދެފަހަރު، ކޮޕާ ޑެލްރޭ، ޔުއެފާ ޗެމްޕިއަންސްލީގު، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ކުލަބު ވޯލްޑްކަޕްގެ ޗެންޕިއަންކަން ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ