logoEN
Sto top
ލިވަޕޫލުގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ލިވަޕޫލުގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

އަހުމަދު ޝުރާއު

logo

7/3/2025, 8:28:25 AM

# ލިވަޕޫލް

-

ލިވަޕޫލްގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

Wamco

ސްޕެއިންގެ ހުޅަނގު އުތުރުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ލިވަޕޫލް އެފްސީގެ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވެއްޖެ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން ވެސް ދަނީ ރިޕޯޓުކުރަމުންނެވެ.

ސްޕެއިންގެ ނިއުސް އެޖެންސީ އީއެފްއީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ސްޕެއިންގެ ހުޅަނގު އުތުރުގައި އޮންނަ ޒަމޯރާ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އެވެ. ނަމަވެސް އެކްސިޑެންޓު ހިންގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޑިއޯގޯ ޖޮޓާ އާއިއެކު އެވަގުތު ކާރުގައި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާވެސް އިނެވެ. އަދި މި އެކްސިޑެންޓުގައި ކޮއްކޮ އަންދްރޭ ސިލްވާވެސް މަރުވި ކަމަށް ރިޕޯޓައް ދަނީ ބުނަމުންނެވެ.

ޑިއޯގޯ ޖޮޓާ މަރުވި އިރު އޭނާ ވަނީ މީގެ ދެ ހަފުތާ ކުރިން އޭނާގެ ޒަމާނަވީ ލޯބިވެރިޔާ ރުޓޭ ކާޑޯސޯއާ ކައިވެނިކޮށްފަ އެވެ. އެދެމީހުންނަނީ 2021 ވަނަ އަހަރުން ފެށިގެން ލޯބީގެ ގުޅުން އޮތް ދެމީހުންނެވެ. އުމުރުން 28 އަހަރުގެ ޑިއޯގޯ ޖޮޓާ އަކީ ތިން ކުދީންގެ ބައްޕައެވެ.

ޑިއޯގޯ ޖޮޓާ ލިވަޕޫލަށް ކުޅެމުން އަންނަނީ ސްޓްރައިކަރެއްގެ ގޮތުގައި އެވެ. އުފަން ޕޯޗުގަލްއިން ކެރިއަރު ފެށި ފޯވާޑް އިންގްލެންޑަށް އައުމުގެ ކުރިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ވެސް ދުވަސްކޮޅަށް ކުޅެފައިވެ އެވެ. އޭގެ ފަހުން އޭނާ ވަނީ 2020 ވަނަ އަހަރު ވޮލްވާހެމްޕްޓަން ވޮންޑާސް އިން މާސީސައިޑް ކްލަބާ ގުޅިފަ އެވެ.

ޖޯޓާ ލިވަޕޫލްގައޮ ހޭދަކުރި ފަސް އަހަރުގެ ތެރޭގައި އެޓީމުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި އިރު، އޭގެ ތެރޭގައި ލިވަޕޫލުން ދާދި ފަހުން ޕްރިމިއާ ލީގު ކާމިޔާބުކުރި ސީޒަނުގައި އޭނާ ކާމިޔާބުކޮށްދިން ހަ ގޯލު ވެސް ހިމެނެ އެވެ.

ވީޑިއޯ ގޭމަށް ޝައުގުވެރިވާ ޖޯޓާ އަކީ އީސްޕޯޓްސްގެ ޓީމެއް ވެސް ހިންގާ، ޓްވިޗްގައި ގަވާއިދުން ސްޓްރީމް ކުރާ މީހެކެވެ.

އޭނާގެ ހަޔާތުގައި މިއަހަރު ވެގެން ދިޔައީ ވަރަށް ކާމިޔާބު އަހަރަކަށެވެ. އެގޮތުން ކައިވެނީގެ އިތުރުން އޭނާގެ ބައިވެރިވުމާއިއެކު ލިވަޕޫލްއިން ޕްރިމިއާ ލީގްގެ ތަށި އުފުލާލި އިރު ދާދިފަހުން ޕޯޗުގަލްގެ ގައުމީ ޓީމުންވެސް ވަނީ އޭނާގެ ބައިވެރިވުމާއި އެކު ޔޫއެފާ ނޭޝަންސް ލީގުގެ ތަށި އުފުލާލާފައި އެވެ.

އޭނާގެ ކުއްލި ވަކިވުމާއި އެކު ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށާއި އޭނާގެ އުފަން ގައުމު ޕޯޗުގަލްއަށް ވަނީ ބޮޑު ހިތާމަވެރިކަމެއް ކުރިމަވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside