logoEN
cocacola
ބައިބަލާ މުބާރާތުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކީވެސް އެމްޓީސީސީ!

ބައިބަލާ މުބާރާތުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކީވެސް އެމްޓީސީސީ!

އަހުމަދު ޝުރާއު

logo

3/27/2024, 6:24:36 PM

# އެމްޓީސީސީ# ބައިބަލާ އެސޯސިއޭޝަން

އެމްޓީސީސީއާއި ބައިބަލާ އެސޯސިއޭޝަނާއި ދެމެދު ސޮއިިކުރުން

1445 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އީދު ބައިބަލާ ޗެލެންޖު" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް މިއަހަރުވެސް އެމްޓީސީސީ ހަމަޖައްސައިފި އެވެ.

ގޮސިޔާ

މިކަމާއި ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީއާއި ބައިބަލާ އެސޯސިއޭޝަންއާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފައި އެވެ. އެގޮތުން ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުالله ޒިޔާދުއެވެ.

މިއީ އެމްޓީސީސީއިން މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ޖެހިޖެހިގެން ކުރާ 3 ވަނަ އަހަރެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމަށް މެދުކަނޑާލުމަށްފަހު 2022 އަހަރުން ފެށިގެން ބައިބަލާ މުބާރާތް ކުރިޔަށްދަނީ އެމްޓީސީސީގެ ޓައިޓަލް ސްޕޮންސަރ ކަމުގައި އެވެ.

View post on Twitter

މިއަދު ސޮއިކުރެވުނު އެއްބަސްވުމާއި އެކު މިއަހަރުގެ ބައިބަލާ މުބާރާތުގެ ނަމަކަށްވެސް ކިޔާނީ 1445 ވަނަ އަހަރުގެ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖެވެ. މިއަހަރުގެ މުބާރާތްވެސް ފެށުމަށް ތާވަލުކޮށްފައިވަނީ ފިތުރު އީދުގައި އެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

ބައިބަލާއަކީ ކޮންމެ އަހަރަކުވެސް އީދު ބަންދުގައި މާލޭގައި ވަރަށް ފޯރިއާއެކު ބާއްވަމުން އަންނަ ވަރަށް ޒަމާންވީ ކުޅިވަރެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ