logoEN
cocacola
ދިއްދޫ އެއާޕޯޓުް މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއަށް!

ދިއްދޫ އެއާޕޯޓުް މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

4/19/2024, 5:00:10 PM

# އެމްޓީސީސީ

ދިއްދޫގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާއި ހަވާލުކުރުން

ހއ ދިއްދޫގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައި އެވެ. އެގޮތުން މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުالله ޒިޔާދުއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް އިސްމާއިލް ހަމީދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ.

View post on Twitter

މި މަޝްރޫއުގެ ދަށުން 1500 މީޓަރުގެ ރަންވޭ ހެދުމާއި، 60،939 އަކަ މީޓަރުގެ ތާރު އެޅުމާއި، 4،550 މީޓަރުގެ ޕެރިމިޓަރ ފެންސް އެޅުމާއި، ޕެސެންޖަރ ޓާމިނަލް ބިލްޑިންގ، ފަޔަރ ބިލްޑިންގ، އެޑްމިން އޮފީސް އިމާރާތް ކުރުމާއި، ފަޔަރ ޕޮންޑާއި އެއަރފީލްޑް ލައިޓިންގ ސިސްޓަމް ބެހެއްޓުން ހިމެނެއެވެ.

މި މަޝްރޫއު އެކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފައިވަނީ 257 މިލިއަން ދިވެހި ރުފިޔާއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ