logoEN
cocacola
ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަލްފާ އަލީ

logo

4/20/2024, 8:05:24 AM

# ހޮސްޕިޓަލް# އެމްޓީސީސީ# ހެލްތު މިނިސްޓްރީ

--

ތިން ރަށެއްގައި އައު ހޮސްޕިޓަލްތައް އަޅަން ހެލްތް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ގޮސިޔާ

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ, މ. މުލި، ރ އަލިފުށީގެ އިތުރުން ނ. މަނަދޫގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

View post on Twitter

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނ މަނަދޫ އަދި މުލީގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 720 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ރ އަލިފުށީގައި އަޅަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ