logoEN
cocacola
ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަލްފާ އަލީ

logo

4/19/2024, 10:08:01 AM

# އެމްޓީސީސީ

--

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ, ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށެވެ. މި އެއްބަސްވުންތަކުގެ ދަށުން މި ފަސް ރަށުގައި އެއާޕޯޓް އެޅުމާއި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ވިލުފުށި އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ކޮމަންޑޫ، މިލަންދޫ، ބިލެތްފަހި އެއާޕޯޓްގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

މި ރަށްރަށުގައި އެއާޕޯޓް އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ