logoEN
cocacola
ނިލަންދޫ އެއާޕޯޓު މަޝްރޫއު އެމްޓީސީސީއަށް!

ނިލަންދޫ އެއާޕޯޓު މަޝްރޫއު އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

3/27/2024, 5:23:45 PM

# އެމްޓީސީސީ

ނިލަންދޫ އެއާޕޯޓް މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުން

ފ. ނިލަންދޫ އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ގޮސިޔާ

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުالله ޒިޔާދުއެވެ އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗަރ ޑރ. އަބްދުالله މުއްޠަލިބްއެވެ.

މި މަޝްރޫޢުގެ ދަށުން 1,399,900 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި, 2,089 މީޓަރުގެ ސަރަޙައްދެއްގައި ރެވެޓްމެންޓެ ޖެހުމާއި,1,400 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓެއް ޖެހުމާއި, 3,489 މީޓަރުގެ ބަންޑް ވޯލްއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

View post on Twitter

މި މަޝްރޫޢަކީ 280.94 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

2,300 މީހުންގެ އާބާދީގެ ފ. ނިލަންދޫ އަކީ ޤުދުރަތީ ބޮޑު ފަޅަކާއި ވިލެއްގެ އިތުރުން ހިތްގައިމު ތުނޑިއެއްވެސް އޮންނަ ރަށެކެވެ.ހަމައެހެންމެ ނިލަންދޫ އަކީ މި އަތޮޅު ވެރިކަން ކުރާ ރަށަށްވުމާއެކ،ު ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި އެކި މުޢައްސަސާތަކުގައެވެ. އަދި ފ. އަތޮޅުގެ އެހެން ރަށްތަކުންނާއި އަދި ދ. އަތޮޅުގެ ގިނަ ރަށްތަކުންވެސް އެކި އެކި އިދާރީ އަދި ސިއްހީ ޚިދުމަތް ހޯދުމަށް މި ރަށަށް ބަރޯސާވެއެވެ.

ފ. ނިލަންދޫގައި އެއަރޕޯރޓެއް ޤާއިމުވެގެން ދިޔުމަކީ އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް ފ. އަތޮޅަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. މީގެ އިތުރުން މި އެއަރޕޯޓްގެ ސަބަބުން މި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ, ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ