logoEN
cocacola
ފައްޔާޒު ފުލުހަށް ހާޒިރުކުރާތީ ސޯލިހްގެ ފާޑުކިޔުން ސަރުކާރަށް!

ފައްޔާޒު ފުލުހަށް ހާޒިރުކުރާތީ ސޯލިހްގެ ފާޑުކިޔުން ސަރުކާރަށް!

އަހުމަދު ޝުރާއު

logo

3/27/2024, 5:13:45 PM

# ރައީސް ސޯލިހު

ފައްޔާޒު އަދި ރައީސް ސޯލިހް

އާރްޑީސީގެ ހިޔާނާތުގައި މަންފާ ލިބިފައިވާކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް ފުލުހަށް ހާޒިރުކުރުމަށް ޗިޓް ފޮނުއްވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ސޯލިހް އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ވިދާޅުވީ, އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް ދުށް އަނިޔާވެރިކަމާއި ޤާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ. އަދި އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ފައްޔާޟް އަށް ޗިޓް ފޮނުވާފައިވަނީ މާދަމާ މެންދުރުފަހު 15:00 އަށް ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށެވެ.

View post on Twitter

ފުލުހުން ފައްޔާޟްއަށް ފޮނުވާފައިވާ ޗިޓުގައި އޭނާ ހާޒިރުކުރުވޭ މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ, ރޯޑް ޑިވެލޮޕްމަންޓް ކޯރަޕޭޝަން ލިމިޓެޑް (އާރްޑީސީ) އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް, އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުޢާމަލާތްތަކުގެ ތެރެއިން ފައްޔާޟް އިސްމާއީލަށް މާލީ މަންފާ ލިބިފައިވާ މައްސަލައިގައި ސުވާލުކުރުމަށެވެ.

މިކަމާ ގުޅިގެން ފައްޒާޟް ވިދާޅުވީ, އާރްޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލަމުންގެންދާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށާއި, އޭނާއަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

އަދި މިކަމަކީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި, ސިޔާސީ ކެމްޕޭނުތައް ހިންގިމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މިސަރުކާރަށް ގޮވާލާކަމަށް ފައްޔާޟް ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ