
--
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒްނާ އަޙްމަދުގެ މަންމަ، ޒަމީރާ ޢުމަރު އަވަހާރަވީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ ރާއްޖެއެމްވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ހޮސްޕިޓަލްގައި އަވަސް ފަރުވާދެމުންދަނިކޮށެވެ.
ޒަމީރާ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެކަމަނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައި އެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމަ، ޒަމީރާ ޢުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ގުޅުންހުރި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ޞާލިޙު ނިންމަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




