logoEN
Sto top
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހް ނިންމަވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހް ނިންމަވައިފި

އަހުމަދު ޝުރާއު

logo

6/22/2025, 4:59:10 PM

# ރައީސް ސޯލިހު

--

2027 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާނުކޮށްފި އެވެ.

Wamco

ރައީސް ސޯލިހުގެ ނިންމުވުން އިއުލާނުކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. މިގޮތުން ސޯލިހްއަށް ތާއީދުކުރާ ފަރާތްތަކާއި އެކު ކުރިޔަށް ގެންދިޔަ ޚާއްސަ ކެއުމެއްގައި މިކަން އިއުލާނުކުރުމާއި އެކު ރައީސް ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާ ކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ހާމަކުރައްވާފައި އެވެ.

ބިގޭ ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ކަމަށެވެ.

ސޯލިހްގެ މި ނެންމެވުމާއި އެކު ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ އަދަދު މިވަނީ ތިނަކަށް އަރާފައި އެވެ. މީގެ ކުރީން އެޕާޓީގެ ރައީސް އަަބްދުالله ޝާހިދު އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލުވެސް ވަނީ ރިޔާސީ ޓިކެޓަށް ޕްރައިމެރީގައި ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާފައި އެވެ.

ސޯލިހްގެ ނިންމުން އިއުލާނުކުރި މި ދަނޑިވަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސޯލިހްއާއި ދެމެދު ހިނގި ކޯޅުންގަނޑަށްފަހު އެޕާޓީ ދޫކޮށް ވަޑައިގަންނެވުމަށްފަހު އަލުން ޕާޓީއާއި ގުޅުމަށް ނިންމާފައިވާ ދަނޑިވަޅެކެވެ. މާދަމާ ރޭ ސަލްޓަން ޕާކުގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ހަފްލާއެއްގައި ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅޭ އިރު ނަޝީދުވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގަސްތުކުރައްވާކަން ދާދި ފަހުން އިއުލާނުކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside