logoEN
Sto top
ފްލެޓާއި ގޯތި ލިސްޓު އޮތީ "ވާނުވާ" ޖަހާފައި - ސޯލިހް

ފްލެޓާއި ގޯތި ލިސްޓު އޮތީ "ވާނުވާ" ޖަހާފައި - ސޯލިހް

އަހުމަދު ޝުރާއު

logo

12/10/2024, 5:14:29 PM

# ރައީސް ސޯލިހު

--

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެކުލަވާލި ފްލެޓާއި ގޯތި ލިސްޓުތައް އޮތީ "ވާނުވާ" ޖަހާފައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެއްޖެ އެވެ.

Wamco

ސޯލިހް މިފަދައިން ވިދާޅުވީ މިހާރު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ކުރިޔަށްގެންދާ "ޤާނޫނު އަސާސީގެ ދިފާއުގައި " ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ. އެގޮތުން މި ސަރުކާރަށް އެއް އަހަރު ވީ އިރު، ދަތި އުނދަގުލަކާ ކުރިމަތިލާން ނުޖެހި، ވައުދުތައް ފުއްދަމުން ނުދާކަމުގެ ކަންބޮޑުވުން ނެތް އެއްވެސް ދިވެއްސަކު ނެތް ކަމަށް ސޯލިހް ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ހުއްޓުމަކަށް އައިސް, ރައްޔިތުންގެ އަތުގައި ފައިސާއެއް ނެތްއިރު، ޓެކްސީ ޑްރައިވަރުން މަގުމަތިކޮށްލާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފުނޑާލާފައިވާ ކަމަށާއި މުވައްޒަފުންނަށް ދޭނެ ފައިސާއެއް އެމީހުންގެ އަތުގައި ނެތްއިރު، ޓޫރިޒަމް އިންޑަސްޓްރީ ވެސް ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް އިތުަށް ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުން "ގަން ހިންގަން" ފަށާފައިވާ ކަމަށާއި ފްލެޓާއި ގޯތި ލިބޭ ލިސްޓުގައި ވެސް މިހާރު އޮތީ "ވާނުވާ" ޖަހާފައި ވާ ކަމަށެވެ. އަދި މި ކަންބޮޑުވުންތަކުގެ އަޑު އެމްޑީޕީން އަޑު އަހައިފި ކަމަށާއި މިރޭގެ އެއްވުމަކީ އެ ސަބަބުތަކާއި ހުރެ އެމްޑީޕީން ބާއްވާ އެއްވުމެއް ކަމަށް ސޯލިހް ފާހަގަކުރެއްވި އެވެ.

"އެމްޑީޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކީގައި. ހަމައެކަނި ރައްޔިތުންގެ ފަޅި އަކު ނޫން. ރައްޔިތުންނާ އެކީގައި އޮންނާނީ." ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު އަމާޒު ހުރީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ކަމަށް ފާހަގަކުރައްވައި ސޯލިހް ވިދާޅުވީ ބާރުތައް އިންތިހާ އަށް މުށުތެރެއަށް ލަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތް ރައްޔިތުންގެ ބާރު މުޅިން ކަނޑުވާލާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވެސް އަދި މި ސަރުކާރުން ބަދަލުކުރާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside