logoEN
cocacola
ފަސް ޕަސެންޓު އިންޓްރެސްޓް ރޭޓުއްގައި ހައުސިން ލޯނު ދޫކުރަން އެޗްޑީއެފްސީއަށް!

ފަސް ޕަސެންޓު އިންޓްރެސްޓް ރޭޓުއްގައި ހައުސިން ލޯނު ދޫކުރަން އެޗްޑީއެފްސީއަށް!

އަހުމަދު ޝުރާއު

logo

3/27/2024, 4:47:06 PM

# ހައުސިންގ މިނިސްޓްރީ

ހައުސިންގ މިނިސްޓްރީއާއި އެޗްޑީއެފްސީއާއި ދެމެދު ސޮއިކުރުން

ފަސް އިންސައްތަ އިންޓްރެސްޓް ރޭޓުއްގައި ހައުސިން ލޯނު ދޫކުރަން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

ގޮސިޔާ

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒީނާދެވެ.

މިކަމާއި ބެހޭގޮތުން މިރޭ ނެރުނު ބަޔާނެއްގައި ހައުސިންގ މިނިސްޓްރީއިން ބުނީ "ހިޔާވަހި ފައިނޭންސް ސްކީމް" ގެ ނަމުގައި އެޗްޑީއެފްސީ މެދުވެރިކޮށް، އެ ސްކީމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސް މިންގަޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހާއްސަ ކޮށްގެން، ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރަނީ ފަސް ޕަސަންޓު އިންޓްރެސްޓް ރޭޓުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

View post on Twitter

ހިޔާވަހި ފައިނޭންއިންސް ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ ދެ ބާވަތެއްގެ ލޯނުގެ މައްޗަށް ބަހައިގެންނެވެ. އެއީ:

  • އަތޮޅުތެރޭ ރަށްތަކަށް ޚާއްސަ ލުއި ލޯނު ސްކީމު: މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރާނީ އެއް މިލިއަން ރުފިޔާ
  • މާލެ ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ޚާއްސަ ލުއި ލޯނު: މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރާނީ ތިން މިލިއަން ރުފިޔާ

މި ސްކީމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ދޫކުރުމަކޯ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ