logoEN
cocacola
ސްލޮވީނިއާ އަތުން ބަލިވެ، ޕޯޗުގަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

ސްލޮވީނިއާ އަތުން ބަލިވެ، ޕޯޗުގަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

ހަސަން ޝަމްއޫން

logo

3/27/2024, 10:22:00 AM

# ޕޯޗުގަލް # ސްލޮވީނިއާ # ބޭރު ދުނިޔޭގެ ކުޅިވަރު# އިންޓަނޭޝަނަލް ފްރެންޑްލީސް

ޕޯޗުގަލް އާއި ސްލޮވީނިއާ ވާދަކުރި މެޗުގެ ތެރެއިިން

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަންގާރަދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް ސްލޮވީނިއާ އިން، 11 މެޗަށްފަހު ޕޯޗުގަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ސްލޮވީނިއާގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ނަމަވެސް މިހާފުގައި ސްލޮވީނިއާ އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ސްލޮވީނިއާ އިން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެޑަމް ނެޒްޑާ ސެރިން އެވެ.

އޭގެ ތިން މިނެޓު ފަހުން ޕޯޗުގަލް އަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ސްލޮވީނިއާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ޕޯޗުގަލްގެ ފޯވާޑް ޖޮއާއު ފެލިކްސް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ސްލޮވީނިއާ އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޓިމީ މެކްސް އެލްސްނިކް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ސްލޮވީނިއާ ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ