
ކުޅުދުއްފުށީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި ހުލިވެއްޖެ
# ހދ. ކުޅުދުއްފުށި# އެމްއެންޑީއެފް# އެންޑީއެމްއޭ# އަލިފާނުގެ ހާދިސާކުޅުދުއްފުށި ސިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގޭގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށްފަހު ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ
ކުޅުދުއްފުށި ސިޓީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި ހުލިވެއްޖެއެެވެ.

އެމްއެންޑީއެފުން ވިދާޅުވީ, ކުޅުދުއްފުށި ސިޓީ "ސިގްނަލް" ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު 13:17 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 14:12 ހާއިރު ކަމަށްވެސް އެމްއެންޑިއެފުން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާލުވީ, ކުޅުދުއްފުށި ސިޓީ ސިގްނަލް ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ, އެގޭގައި ދިރިއުޅުނު އާއިލާއަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ގުޅުންހުރި
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިޔަށްދަނީ

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!
ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

.gif&w=3840&q=75)



