logoEN
cocacola
ފަސޭހަކަމާއި އެކު އެޕޯކަލިޕްސް އެސްސީ ބަލިކޮށް އާރުޑީއެލް ކުއާޓާ ފައިނަލަށް

ފަސޭހަކަމާއި އެކު އެޕޯކަލިޕްސް އެސްސީ ބަލިކޮށް އާރުޑީއެލް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/26/2024, 2:14:35 PM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

އެޕޯކަލިޕްސް އެސްސީ އާއި އާރުޑީއެލް އެސްސީ ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ރައުންޑް އޮފް 16 ގައި މިއަދު ހަވީރު ކުޅެވުނު ފުރަތަަމަ މެޗުގައި އެޕޯކަލިޕްސް އެސްސީ އާއި އާރުޑީއެލް އެސްސީ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާރުޑީއެލް އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް އާރުޑީއެލް އިން ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެޕޯކަލިޕްސް އެސްސީ މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަަނަ ހާފުގައި އާރުޑީއެލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު ، އެޕޯކަލިޕްސް އަށް ދެވަނަ ހާފުގައިި ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 7-3 ގެ ނަތީޖާއަކުން އަާރުޑީއެލް ކުރީގައި އޮވެގެންނެވެ.

މިމެޗުގައި އާރުޑީއެލްގެ އިސްމާއިލް މުނީޒް އަދި މުހައްމަދު މިންވާލް މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ އަހުނަފް ރަޝީދު، އަހުމަދު ރާހިލް ރަޝީދުގެ އިތުރުން މުހައްމަދު ވިލްފް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި އެޕޯކަލިޕްސް ގެ ހަސަން ލައުހް ދެލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހު އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އާރުޑީއެލް ގެ އަހުނަފް ރަޝީދު އެވެ.

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމު ވާދަކުރަމުންދާއިރު، މުބާރަތުގެ މެޗުތައް ކުރިއަށްދަނީ ބައިވެރި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭއިރު، މުބާރަތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބީޖީ ފުޓްސަލް ދަނޑުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ