logoEN
cocacola

އިޓަލީގެ ކެޕްޓަން ނިކޯލޯ ބަރެއްލާ އެކުއެޑޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އާދިއްތަ ދުވަހުގެ ރޭ އެކުއެޑޯ އާއި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން އިޓަލީ އިން ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

ނިއު ޔޯކް ސިޓީގެ ރެޑްބުލް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ވަރަށް ކުރީކޮޅު އިޓަލީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިޓަލީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިންޓަ މިލާންގެ މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ އެވެ. މިއީ އެޓީމުގެ ފޯވާޑް ރިކާޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ. އަދި މިއީ އިޓަލީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިިން އެޓީމު މޮޅުވި ހަވަނަ މެޗެވެ. އޭގެތެރެއިން ދެ މެޗުން އެޓީމު ބަލިވެފައިވާއިރު އަނެއް ދެމެޗު ނިމުނީ އެއްވަރުވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ