
-
އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްގެ ގްރޫޕުގައި އުމްރާއަށް ގޮސް އުޅުނު އިބްރާހީމް ރަޝީދު، 58އ އެވެ.
އޭނާ ނިޔާވެފައިވަނީ މައްކާއަށް ނިސްބަތްވާ ނޫރު ހޮސްޕިޓަލުގައި ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރަމުން އަންނަނިކޮށް ކަމަށްވެސް އެ ގްރޫޕޫން މައުލޫމާތުދެއެވެ.
މާތް الله އިބްރާހިމް ރަޝީދުގެ ފާފަތައް ފުއްސަވައި ދެއްވުމަށާއި އޭނާއަށް ދާއިމީ ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި އެ ގްރޫޕުން ވަނީ ދުޢާ ދަންނަވާފައެވެ.