
އުމްރާގެ އަޅުކަމަށް ގޮސް ހުއްޓާ ނިޔާވި މުހައްމަދު ހަސަން: ފޮޓޯ: ޕީއެސްއެމް
އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ހދ.ވައިކަރަދޫ މުހައްމަދު ހަސަން (86އ) އެވެ.
މުހައްމަދު ހަސަން ނިޔާވެފައިވަނީ ފަރުވާ ދިނުމަށްޓަކައި މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޓިލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ. ބަލި ހާލަތު ހުރިގޮތުން ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
މުހައްމަދު ހަސަން އުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އޭނާ އުމްރާގެ އަޅުކަން އަދާކުރަން ދިޔައީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްއާއެކު އެވެ.
ގުޅުންހުރި

އުމްރާ އަށްފަހު ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭގެ އިލްތިމާސް ކޮށްފި

ދަ ޓްރެވެލާ ގެ ގަން-ޖިއްދަ ރޫޓްގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

އުމްރާގެ ކަންކަމަށް 1 އަހަރުގެ ހާއްސަ ވިސާއެއް ސައުދީ އިން ތައާރަފް ކުރަނީ




