ސްޓްރޯބެރީ ކްރަމްބަލް ބާރސް
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.
މިއަދުގެ ރެސިޕީއަކީ އަނެއްކާވެސް ސްޓްރޯބެރީ ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޮނި ކާއެއްޗެކެވެ. ސްޓްރޯބެރީ ކްރަމްބަލް ބާރސް އެވެ.
ސްޓްރޯބެރީ ކްރަމްބަލް ބާރސް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
- ޖޯޑު ސްޓްރޯބެރީ (ތުނިކޮށް ކޮށާފައި)
- ލުނބޯ
- 1.5 މޭޒަމުތީ ސަމުސާ ކޯރންސްޓާޗް
- 1 ⅔ ޖޯޑު ފުށް
- 1 ޖޯޑު އޯޓްސް
- ¾ ޖޯޑު ޕައުޑާރޑް ޝުގަރ
- 1 ލެމަން ޒެސްޓް
- ¾ ޖޯޑު ބަޓަރ (މެލްޓްކޮށްފައި)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޮށާފައިހުރި ސްޓްރީބެރީގެ ތެރެއަށް ލުނބޯހުތް އަދ ކޯރންސްޓާޗް އަޅާލާފައި އެއްކޮށްލާށެވެ.
ދެން ވަކިން ތައްޓެއްގައި ފުށް, އޯޓްސް, ޕައުޑާރޑް ޝުގަރ އަދި ލެމަން ޒެސްޓް އެއްކޮށްލާށެވެ. އަދި އެއަށް މެލްޓްކޮށްފައި ހުރި ބަޓަރ އަޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް ހުރިހާ އެށްޗެއް އެއްވުމުން އޭގެ ⅔ ބައި ޓްރޭއަކަށް އަޅާށެވެ. ރީތިކޮށް އެއްވަރުކޮށްލާފައި އޭގެ މައްޗަށް ސްޓްރޯބެރީ އަޅާށެވެ. ދެން ބާކީ ހުރި ކްރަމްބަލް އަޅާަފައި 350F ގައި 45 މިނިޓަށް ފިހެލާށެވެ.
މިހާރު މިހިރީ ސްޓްރޯބެރީ ކްރަމްބަލް ބާރސް ތައްޔާރުކުރެވިފައި އެވެ.
ޓިކްޓޮކް ލިންކް: https://vt.tiktok.com/ZSFHHhtYL