logoEN
cocacola
ގާފު ރެސިޕީ: ޑޯނަޓް ބޯލްސް

ގާފު ރެސިޕީ: ޑޯނަޓް ބޯލްސް

# ގާފު ރެސިޕީ

ޑޯނަޓް ބޯލްސް

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

ގޮސިޔާ

މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް ގެނެސްދޭ ރެސިޕީ ނޫހުގައި ޝާއިރުކުރާނީ މެންދުރުގެ ވަގުތުގައި އެވެ.

މިއަދު ގެ ރެސިޕީއަކީ ޑޯނަޓް ބޯލްސް އެވެ.

ޑޯނަޓް ބޯލްސް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

  1. 240 އެމް.އެލް ކިރު
  2. 5ގ ޔީސްޓް
  3. 140ގ ފުށް
  4. ހަކުރު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކިރު މައިކްރޯވޭވެއްގައި ކުޑަކޮށް ހޫނުކޮށްލާށެވެ. ދެން އޭގެތެރެއަށް ޔީސްޓް އަޅާފައި އެއްކޮށްލާފައި މަތި ޖަހާލާފައި 15 މިނިޓް ވަންދެން ބައިންދާށެވެ. ދެން ތައްޓަކަށް 20ގ ފުށްއެޅުމަށްފަހު އޭގެތެރެއަށް ޔީސްޓް މިކްޗަރ އަޅާލާފައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ބާކީ ހުރި 120ގ ފުށް އަޅާފައި އެއްކޮށްލާށެވެ. މިހާރު މިހިރީ ފުށްގަޑު ތައްޔާރުވެފައިއެވެ.

ދެން ތެޔޮ ގަޑު ހޫނުކޮށްލާށެވެ. އަދި ޕައިޕިން ބޭގަކަށް ފުށްގަޑު އެޅުމަށްފަހު ކުދި ބޯޅަހެން ތެޔޮގަޑަށް އަޅަމުންގެންދާށެވެ. ޕައިޕިން ބޭގެއްނެތްނަމަ ސަމުސަލަކުން ނުވަތަ ޒިޕްލޮކް ބޭގަކުންވެސް ހެދިދާނެއެވެ. ގޯލްޑަން ބްރައުންކުލަ އަރަންދެން ތެލުލާށެވެ. ޓިޝޫއެއްގެ މަތީގައި އިރުކޮޅަކު ބެހެއްޓުމަށްފަހު ތައްޓަކަށް އަޅާފައި މައްޗަށް ހަކުރު ބުރުވާލާށެވެ. ބޭނުންނަމަ މުގުރާފައި ހުރި ފޮނިތޮށިވެސް އެޅިދާނެއެވެ.

މިއީ ޑޯނެޓަށް ލޯބި ކުރާ ފަރާތްތަކަށް ކަމުދާނެ ރެސިޕީއެއް ކަމަށް އުންމީދުކުރަމެވެ. ޑޯނެޓް ބޯލްސް ނަޓެއްލާ ފަދަ އެއްޗަކާއި ޖައްސާލައިގެން ކާލަން ވަރަށް މީރު ވާނެ އެވެ.

ޓިކްޓޯކް ލިންކް:

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ