logoEN
cocacola
ގާފު ރެސިޕީ: އަލަނާސި ފްރައިޑް ރައިސް

ގާފު ރެސިޕީ: އަލަނާސި ފްރައިޑް ރައިސް

# ގާފު ރެސިޕީ

އަލަނާސި ފްރައިޑް ރައީސް

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

ގޮސިޔާ

މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.

މިފަހަރު "ޕައިންއެޕަލް އޮން ޕިއްޒާ" އެއްނޫނެވެ. ޕިއްޒާގެ ބަދަލުގައި ބަތަކާއެށްކޮށްލާގެން އަޖުމަ ބަލާލުން ކިހިނެއްވާނެތޯއެވެ.

ބޭނުންވާ ތަކެތި:

  1. 3 ޖޯޑު ބާސްމަތީ ހަނޑޫ (ކައްކާފައި)
  2. 1 ފިޔާ (ކުދިކޮށް ކޮށާފައި)
  3. 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  4. 1 މޭޒަމަތީ ސަމުސާ ތެޔޮ
  5. 2 ކެރެޓް (ކުދިކޮށް ކޮށާފައި)
  6. ½ ރަތް ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)
  7. ½ ޖޯޑު ފެހި އޮށް
  8. ½ ޖޯޑު ކެށޫ ނަޓް
  9. 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  10. 1 މޭޒުމަތީ ސަމުސާ ރިހަ ހަވާދު
  11. 1 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
  12. ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތާހެއްގައި ތެޔޮފޮދު ހޫނުކޮށްލާށެވެ. ދެން ފިޔާކޮޅު އަޅާފައި ރަތްކޮށްލާށެވެ. ދެން ލޮނުމެދު, ބެލްޕެޕަރ އަދި ކެރެޓް އަޅާފައި 3 ވަރަކަށް މިނިޓްވަންދެން ހަނާކޮށްލާށެވެ. އަދި ކައްކާފައި ހުރި ބަތްކޮޅު, ހަވާދު އަދި ސޯޔާ ސޯސް އޭގެތެރެއަށް އަޅާފައި އެއްކޮށްލާށެވެ.

ދެން ފެހިއޮށް, އަލަނާސި އަދި ކެށޫ ނަޓް ކޮޅު އަޅާފައި އެއްކޮށްލާށެވެ. އެންމެ ފަހަށް ލޮނު އަދި އަސޭމިރުސް ރަހަލާވަރަށް އަޅާލާށެވެ.

މިހާރު މިހިރީ އަލަނާސި ފްރއަިސް ރައިސް ތައްޔާރުކޮށް ނިމިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ