logoEN
cocacola
ކޮލަމާފުށި ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕެއިންއަށް ހުރަސްއެޅިކަމަށް އެޕާޓީއިން ތުހުމަތުކޮށްފި

ކޮލަމާފުށި ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕެއިންއަށް ހުރަސްއެޅިކަމަށް އެޕާޓީއިން ތުހުމަތުކޮށްފި

އަހުމަދު ޝުރާއު

logo

3/24/2024, 2:51:16 PM

# އެމްޑީޕީ

މާމެންދޫގައި ހިނގާދިޔަ ހަމަނުޖެހުން

ކޮލަމާފުށި ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕެއިންއަށް ހުރަސްއެޅިކަމަށް އެޕާޓީއިން ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފި އެވެ.

ގޮސިޔާ

އެޕާޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގއ. ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް އިއްޔެ (23 މާރޗް 2024) ގައި އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ބެނަރ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި، ކެންޑިޑޭޓްގެ ކެމްޕެއިންއަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިކަން މިގޮތަށް ހިނގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ މި ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ޚިލާފު އަމަލުތައް ކުށްވެރިކޮށް އެ ޕާޓީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށްވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައި ކަމަށް އެމްޑީޕީއިން ވަނީ ތުހުމަތުކޮށްފައި އެވެ.

ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މި އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މައްސަލަ ހުށަހަޅާފައިކަން އެމްޑީޕީން ހާމަކުރެއެވެ.

އެމްޑީޕީއިން ވަނީ އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާފައި އެވެ.

ހަމައެއާއެކު، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، އެކަކު އަނެކެއްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގުގަނެ، ސުލްހަވެރި ކެޕްމެއިން އެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށާއި، ވަކިން ޚާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށްވެސް ބަޔާނުގައި އެޕާޓީއިން ވަނީ ގޮވާލާފައި އެވެ.

އެމްޑީޕީއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ޕީއެންސީގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަށް އެޕާޓީގެ އިސްވެރިންނާއި މާލޭގެ ޑެޕިއުޓީ މޭޔަރު މާމެންދޫއަށް ދިޔުމުން އެރަށުން ނަރީޝްއަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައި އެވެ. އެމައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި އެކަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ރޭ ހާމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ