logoEN
cocacola
ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި ދެމިތިބޭނަން - އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި ދެމިތިބޭނަން - އެމްޑީޕީ

އަލްފާ އަލީ

logo

4/22/2024, 6:01:51 AM

# އެމްޑީޕީ# މަޖިލިސް20

--

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނަކާމިޔާބުވީ ނަމަވެސް ސަރުކާރު ޖަވާބުދާރީކުރުމުގައި ދެމިއޮންނާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ގޮސިޔާ

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މަޖިލިސް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާ ކަމަށާއި އެއީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތްކުރާ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން އެދެނީ ކުރިއަށް އޮތް 20 ވަނަ މަޖިލީހަކީ ވެސް ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީ އަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދާ މަޖިލީހަކަށް ވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު, މިއަދުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމަށް ޔަގީންކުރެވޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ