logoEN
cocacola
ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅާކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފި

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅާކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފި

އަހުމަދު ޝުރާއު

logo

4/9/2024, 6:16:46 PM

# އެމްޑީޕީ

އެމްޑީޕީގެ ލީޑަރޝިޕް

ޕީޕަލްސް ނޭޝަނަލް ފްރޮންޓް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށްބުނެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގޮސިޔާ

އެމްޑީޕީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ބާރާއި ނުފޫޒުގެ ބޭނުންކޮށް ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވާފައިވާތީ އެ ޕާޓީން ކަންބޮޑުވާކަންވެސް ވަނީ ބުނެފައި އެވެ.

އަދި ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިނުން ކަމަށް އެމްޑީޕީއިން ބުނެއެވެ.

ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި އެ ޕާޓީން ދެކޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި އެވެ.

ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކުރުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ