logoEN
cocacola
އިންޓަކަނެކްޝަން ކޭބަލްތައް މައްޗަށް ދަގަނޑު ނުޖެހުމަށް އިލްތިމާސްކޮށްފި

އިންޓަކަނެކްޝަން ކޭބަލްތައް މައްޗަށް ދަގަނޑު ނުޖެހުމަށް އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

3/24/2024, 2:44:25 PM

# ސްޓެލްކޯ

ސްޓެލްކޯ

މާލެ-ހުޅުމާލެ ގުޅުވައިދޭ އިންޓަކަނެކްޝަން ކަރަންޓު ވިއުގަ އަށް ގެއްލުންވާ ގޮތަށް އެ ސަރަހައްދުގައި ބިމަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް ނުބަހައްޓަން ސްޓެލްކޯއިން މިއަދު އިލްތިމާސް ކޮށްފި އެވެ.

ގޮސިޔާ

ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ ވިއުގައަކަށްވާއިރު، މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ ކޭބާލް ސަބްސްޓޭޝަނުން ނިކުންނަ، އެ ވިއުގާ ގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުން ގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކޭވީ ސަބްސްޓޭޝަނާ ހަމަޔަށެވެ. އަދި މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއްވެސް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުންވެއްޖެނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

View post on Twitter

"އަދި މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެކެވެ. މީގެ އިތުރުން މި ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތައް ބުރޫއަރައި، އެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ." ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

.މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ، މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި، ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައި އެވެ.

މި އެންގުމާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައިފި ނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކޮށް މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ