logoEN
cocacola
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ނިޔާވެއްޖެ

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ނިޔާވެއްޖެ

އައިޝަތު އިފާޝާ

logo

3/24/2024, 4:19:38 AM

# ސްޓެލްކޯ

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކޮށްފައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓު ޖެހިގެން ނިޔާވެއްޖެއެވެ.

ގޮސިޔާ

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހި ހިތާމަވެރި ހާދިސާއެއް ރޭ ހިނގާފައިވާ ކަމަށެވެެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ, ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަރަހައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް, ހިޔާ ޓަވަރު 3 ގެ ކައިރީ ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓު ޖެހި, އަނިޔާތަކަކާއެކު ވެއްޓިފައި އޮތް މީހަކު ރޭ 04:07 އެހާކަންހާއިރު ފެނިފައިވާ ކަމަށެވެ.

އަދި އެފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެ އެ ކުންފުނީގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ