logoEN
cocacola
2009 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް ބްރެޒިލް އިން އިންގްލެންޑް ބަލިކޮށްފި

2009 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް ބްރެޒިލް އިން އިންގްލެންޑް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

3/24/2024, 1:30:34 AM

# އިންޓަނޭޝަނަލް ފްރެންޑްލީސް # އިންގްލެންޑް # ބްރެޒިލް # ބޭރު ދުނިޔޭގެ ކުޅިވަރު

ބްރެޒިލް އާއި އިންގްލޭންޑް ވާދަކުރި މެޗުގެ ތެރެއިިން

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ބްރެޒިލް އަތުން އިންގްލެންޑް ބަލިވެއްޖެ އެވެ. އަދި މިއީ ފާއިތުވެދިޔަ 15 އަހަރުތެރޭގައި ބްރެޒިލް އަތުން އެޓީމު ބަލިވި ފުރަތަަމަ މެޗެވެ.

ގޮސިޔާ

އިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ބްރެޒިލް އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ވިނީޝިއަސް ޖޫނިއަރ ބޯޅައާއެކު އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ކަހަލަގޮތަކަށް ދިފާއުކުރީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އެވެ.

މީގެ އިތުރުން ފުރަތަަމަ ހާފުގެ 35 ވަނަ މިނެޓުގައި އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ބްރެޒިލްގެ މިޑްފީލްޑަރު ފަކުއެޓާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބްރެޒިލް އިން ލީޑު ހޯދީ ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން ފޯވާޑް އެންޑްރިކް އެވެ.

މިއީ ވިނީޝިއަސް ޖޫނިއަރ ގޯލަށް ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ އުމުރުން އެންމެ 17 އަހަރުގެ އެންޑްރިކް ބްރެޒިލް ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިލަނޑާއެކު އޭނާ ވެގެން ގޮސްފައި ވަނީ ވެމްބްލީ ސްޓޭޑިއަމްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު އެއްވަރުވެގެން ނިމިފައިވާއިރު، އިންގްލެންޑް އަތުން އެންމެ ފަހުން ބްރެޒިލް މޮޅުވެފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހު 1-0 ގެ ނަތީޖާއަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ