(1).jpg&w=3840&q=75)
މުއްތަލިބު ޝާހިދު އަށް: މަނިކުފާނަކީ ދޮގެއްވެސް ތެދައްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް
# އަބްދުالله ޝާހިދު# ޑރ.ޢަބްދުﷲ މުއްޠަލިބްއިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު, އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދަކީ ދޮގެއްވެސް ތެދައްވުރެ މޮޅަށް ހައްދަވާ ބޭފުލެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު ދޮގު ވާހަކަތަކެއް ދެއްކެވުމާއި ގުޅިގެންނެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް މ. ރަތްމަންދޫއަށް ވަޑައިގެން އަމިއްލަފުޅަށް ރެކޯޑްކުރެއްވި ވީޑިއޯޢެއްގައި ޝާހިދު ވަނީ ނިމިދިޔަ ސަރުކާރުން މުޅި ރާއްޖެ ތަރައްޤީކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މ. ރަތްމަންދޫގައި ކުރިއަށްދާ މަސައްކަތްތައްވެސް ހުއްޓާލާފައިވާކަން އޭނާ ފާހަަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ޝާހިދު ދެއްކެވި ވާހަކަފުޅުތައް ސަރުކާރުން ވަނީ ދޮގުކުރައްވާފައެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މ. ރަތްމަންދޫ ބަނދަރު ޕްރޮޖެކްޓުގައި ނިމިދިޔަ ސަރުކާރުން ސޮއިކުރީ މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށްްކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުއިރުވެސް އެ މަސައްކަތް ފެށުމަށް ހަދަންޖެހޭ އީ.އައި.އޭ ރިޕޯޓްވެސް ހަދާފައި ނެތްކަމަަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މ. ރަތްމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ 26 އިންސައްތައާ ހަމައަށް ނިންމުމަށްފަހު އެ މަސައްކަތް ހުއްޓާލީވެސް މިދިޔަ ސަރުކާރުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް ވިދާޅުވާހެން މަނިކުފާނަކީ ދޮގެއްވެސް ތެދަށްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް" މުއްޠަލިބު ވިދާޅުވިއެވެ.
މުއްޠަލިބު ވިދާޅުވީ ކުންފުނީގެ ދާއިރާއާ ނުގުޅޭ މަސައްކަތްތައް މިދިޔަ ސަރުކާރުގައި ފެނަކައާ ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުންޏާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކުރުމުން އެމަސައްކަތްތައް ކުރިއަށް ނުގޮސްއޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އިއުލާންކުރިނަމަވެސް، އޭގެތެރެއިން މަސައްކަތް ނިންމާލެވިފައިވާ މަޝްރޫޢުތައް ވަރަށް މަދުކަން ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި ގިނަ މަޝްރޫޢުތައް އިއުލާންކޮށްފައިވަނީވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ ނަފްރަތުގެ ލޭބަލްތައް އެޅުވުން ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

މިއީ ލީޑާޝިޕްގެ ބޭފުޅުން އިސްތިއުފާ ދޭންޖެެހޭ ވަގުތު ކަމުގައި ގަބޫލެއް ނުކުރަން: ފައްޔާޒް

ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވެއްޖެ
(1).jpg&w=3840&q=75)
މުއްތަލިބު ޝާހިދު އަށް: މަނިކުފާނަކީ ދޮގެއްވެސް ތެދައްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް
ފަހުގެ

ރައުދު އާއި އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނު ހިފަހައްޓައިފި

ރައުދު ހައްޔަރުކޮށްފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރުގެ ޚާއްސަ ދަރުހެއް މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި

މުޅި ގައުމުގެ ކާމިޔާބީ ގުޅިފައިވަނީ ވަކި ވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން- މިނިސްޓަރ
