logoEN
cocacola
މެލޭޝިއާގެ މަޓާ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

މެލޭޝިއާގެ މަޓާ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

އަލްފާ އަލީ

logo

3/23/2024, 8:15:00 AM

# ފަތުރުވެރިކަން# ރާއްޖެ - މެލޭޝިއާ

-

މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ފެއާގައި މޯސްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބައިވެރިވެއްޖެއެވެ.

ގޮސިޔާ

އެމްއެމްޕީއާރްސީއިން ބުނެފައި ވަނީ، ތިން ދުވަހުގެ މުއްދަތަކަށް މެލޭޝިޔާގެ ކުއަލަލަމްޕޫރްގައި ކުރިއަށްގެންދާ މި ފެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއި، މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަކީ މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދު ކަމުގައި އެމްއެމްޕީއާރުސީން ބުނެއެވެ.

މެލޭޝިއާގެ މާޓާ ފެއާ ކުރިޔަށް ދާނީ މިމަހު 22 އިން 24 އަށެވެ. އެމްއެމްޕީއާރުސީއާއެކު މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 13 ކުންފުންޏެއް ވަނީ ބާއިވެރިވެފައެވެ.

މާޓާ 2024އިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދެއެވެ. މި ފެއާގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައި، ދެކުނުއިރުމަތީ އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރާނެއެވެ. އަދި ރާއްޖޭގެ އުފެއްދުންތަކުގެ ޑިސްޕްލޭތަކުން ރާއްޖޭގެ ކުޅަދާނަ ފަންނުވެރިކަން ދައްކައިދީ، ސްޓޭންޑްގައި ބާއްވާ ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީޚާއި ސަގާފަތް ކިޔައިދީ މި ޕްރެޒެންޓޭޝަންގައި ބައިވެރިވާ ފަރާތްތަކަށް އަދާރަން ކްލަބް ރަންނަޅި އަދި އަދާރަން ސެލެކްޓް ހުދުރަންފުށިއިން ސްޕޮންސަރ ކުރާ ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މީގެއިތުރުން މި ފެއާގެ ތެރޭގައި އެމްއެމްޕީއާރުސީއިން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، ދިވެހިންގެ އާ އުފެއްދުންތަކާއި، ސެގްމަންޓްތަކާއި، އޮފާތަކަށް އަލިއަޅުވާލާނެއެވެ. އިންޑަސްޓްރީގެ ބައިވެރިންނަށް އެފަރާތްތަކުގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓް ކުރުމުގެ އެތައް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާ، މަޓާ 2024ގައި އެމްއެމްޕީއާރްސީ ބައިވެރިވުމަކީ، އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާ ގުޅިގެން، އާ ޕާޓްނަޝިޕްތައް އުފެއްދުމަށް، އަދި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މައިދާނުގައި އަގުހުރި ވިސްނުންތަކެއް ހޯދުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމެއް ކަމަސްވެސް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

މެލޭޝިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. ނިމިދިޔަ 2023ވަނަ އަހަރު ރޭންކިންގ ގެ 26 ވަނައިގައި އޮތް މެލޭޝިއާއިން ރާއްޖެއަށް ވަނީ 13،551 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 2024 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިއާގެ 3063 ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

އެމްއެމްޕީއާރުސީން އަންނަނީ، ރާއްޖެ މާކެޓްކޮށް އިތުރަށް އިޝްތިހާރު ކުރުމަށް މި ސަރަހައްދުގައި މާކެޓިންގެ ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިން ފަދަ ހަރަކާތްތައް؛ ބޮޑެތި ފެއާތަކާއި ރޯޑްޝޯތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުން؛ ތަމްރީނު ޕްރޮގްރާމްތައް ހިންގުން؛ އަދި މެލޭޝިއާ އާއި ސައުތުއީސްޓް އޭޝިއާގެ މާކެޓުގައި އެރައިވަލްސް އިތުރުކޮށް ޑެސްޓިނޭޝަން މޮމެންޓަމް ދެމެހެއްޓުމަށް ޓަކައި 2024 ވަނަ އަހަރުގެ ތެރޭގައި އައުޓްޑޯ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ