
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.88 މިލިއަން ފަތުރުވެރިން : މިދިޔަ އަހަރުގެ ޖުމުލަ އަދަދަށްވުރެ ގިނަ!
# ފަތުރުވެރިކަން--
މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ޖުމްލަ އަދަދަށްވުރެ މައްޗަށް ގޮސްފި އެވެ.

މިކަން ހާމަކުރައްވައި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިދިޔަ އަހަރުގެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަދުގެ ނިޔަލަށް 1.88 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާކަން ފައިސަލް ހާމަކުރެއްވި އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1،878،539 ފަތުރުވެރިންނެވެ.
ރާއްޖެއިން މިއަހަރު ފަތުރުވެރިކަމުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރު ނިމުމުގެ ކުރިން ރާެއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެެނައުމަށެވެ. ފައިސަލް މިއަދު ކުރި ޕޯސްޓުގައިވެސް މި އަމާޒަށް ވާސިލުވެވޭނެ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުންވެސް މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދާ ހަމައަށް ރާއްޖެއަށް 1.88 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ފަސް ޤައުމަކީ ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
