
--
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ ސްޕެއިނަް ނިސްބަތްވާ ގާޝިއޯ ރޯމިއު ރޮޑްރިގުއޭޒް ލުއިސް އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއިއެކު ފަތިހު 5:05 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި އިއްތިހާދު އެއާވޭސްގެ ފްލައިޓުންނެވެ.
ވެލާނާ އެއާޕޯޓުގެ ރަސްމީ އެކްސް ހޭންޑަލްއިން ކުރި ޕޯސްޓެއްގައި ބުނީ މިއީ ލުއިސް ރާއްޖެއައި 11 ވަނަ ފަހަރު ކަމަށާއި ލުއިސްގެ ހިތުގައި ރާއްޖެއާއިމެދު އޮތީ އާއިލީ ގާތް ގުޅުމެއް އުފެދިފައި ކަމަށެވެ. އަދި ރާއްޖެއަކީ އޭނާގެ 2 ވަނަ ގޭގެގޮތުގައި އޭނާ ސިފަކުރާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
2024 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއާއި އެކު މިއަހަރަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވަނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒެވެ.
ގުޅުންހުރި

ވައިގެ ގުޅުންތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ގަތަރާއިއެކު މަޝްވަރާކޮށްފި

ރާއްޖެއާއި ގްރީސް އާއި ދެމެދު ފަތުރުވެރިކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ޑަބްލިއު.ޓީ.އެމް 2025 ގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކޮށްފި





