
ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
# ފަތުރުވެރިކަން--
މިއަހަރުގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ފަތުވެރިން އައިސްފި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރުގެ ތެރޭގައި ދެމިލިއަން ދަތުރުވެރިން އައި އަހަރެވެ. އެގޮތުން ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައި އެވެ. ރާއްޖެ މިއަހަރު އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ލިބިގެން ދިޔައީ އޮސްޓްރިއާގެ އަންހެނަކަށެވެ. އެ އަންހެން މީހާ ރާއްޖެ އައީ އާއިލާ އާއި އެކުގައި އެވެ.
އެހަފްލާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އެ އާއިލާ އަށް ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޕެކޭޖެއްގެ އިތުރުން، އެމްއެމްޕީއާރުސީ އާއި ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް ވަނީ އެ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް ދީފަ އެވެ.
މިއާއިއެކު ރާއްޖެ އަށް މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން ހިފި އަމާޒު ވަނީ ހާސިލްވެފައި އެވެ.
ފަތުރުވެރިކަމުގެ ރެކޯޑުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެކެވެ. ފެބްރުއަރީމަހު ވަނީ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
