logoEN
cocacola
އެލް ސަލްވަޑޯ ބަލިކޮށް އާޖެންޓީނާ އިން އަހަރު ފެށީ މޮޅަކާއެކު

އެލް ސަލްވަޑޯ ބަލިކޮށް އާޖެންޓީނާ އިން އަހަރު ފެށީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

3/23/2024, 2:48:20 AM

# އިންޓަނޭޝަނަލް ފްރެންޑްލީސް # އެލް ސަލްވަޑޯ # އާޖެންޓީނާ # ބޭރު ދުނިޔޭގެ ކުޅިވަރު

އެލް ސަލްވަޑޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރަނީ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ހުކުރުދުވަހުގެ ރޭ 3-0 ގެ ނަތީޖާއަކުން އެލް ސަލްވަޑޯ ބަލިކޮށް ދުނިޔޭގެ ޗެންޕިއަން އާޖެންޓީނާ އިން އަހަރު ފެށީ މޮޅަކާއެކު އެވެ.

ގޮސިޔާ

އާޖެންޓީނާ އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިިން 16 މެޗުން އެޓީމު މޮޅުވެފައި ވާއިރު، ބަލިވެފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު 2-0 ގެ ނަތީޖާއަކުން އުރުގުއާއީ އަތުން ބަލިވި މެޗު އެކަންޏެވެ.

އެލް ސަލްވަޑޯ އިން އެންމެ ފަހުން ކުޅުނު 21 މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، އޭގެ ތެރެއިން 11 މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި އަނެއް 10 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ނުލައި އެޓީމުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ތަޖުރިބާކާރު ފޯވާޑް އަންހެލް ޑިމަރިއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަފި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ އާޖެންޓީނާ އިންނެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮޓެންހަމްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އެވެ.

މިއީ އެޓީމުގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ