
ނެދަލޭންޑްސް އަތުން ތަފާތުބޮޑު ނަތީޖާއަކުން ސްކޮޓްލޭންޑް ބަލިވެއްޖެ
# ސްކޮޓްލޭންޑް # ބޭރު ދުނިޔޭގެ ކުޅިވަރު# އިންޓަނޭޝަނަލް ފްރެންޑްލީސް # ނެދަލޭންޑްސްސްކޮޓްލޭންޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ނެދަލޭންޑްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ހުކުރުދުވަހުގެ ރޭ ނެދަލޭންޑްސް އާއި ދެކޮޅަށް ސްކޮޓުްލޭންޑް ކުޅުނު މެޗުން 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ބަލިވެއްޖެ އެވެ.

ސްކޮޓްލޭންޑް އެންމެ ފަހުން ކުޅުނު ހަ މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، އޭގެތެރެއިން ދެ މެޗު އެއްވަރުވިއިރު، ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި އެޓީމު އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު 3-0 ގެ ނަތީޖާއަކުން ސައިފްރަސް އަތުންނެވެ.
ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ނެދަލޭންޑްސް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭސީ މިލާނުގެ މިޑްފީލްޑަރު ތިޖާނީ ރެއިންޑާސް އެވެ. މިއީ އެޓީމުގެ ލިވިޕޫލް ފޯވާޑް ކޯޑީ ގައްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ނެދަލޭންޑްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިފާގަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފިލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ވެގްހޯސްޓް ކާމިޔާބުކޮށްދިން އިރު، އޭގެ ދެމިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޑޮންޔެލް މަލާން އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި

ޕެނަލްޓީގައި ފްލެމެންގޯ ބަލިކޮށް ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފި

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ބޯންމައުތު އަތުން ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ
.jpg&w=3840&q=75)
ރަށުން ބޭރުގައި އަލަވޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް





