logoEN
cocacola
ހުޅުމާލޭ މިސްކިތެއްގައި ތަރާވީސް ނަމާދު ކުރަނިކޮށް ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރެއްގެ ބައިތައް ވަގަށް ނެގުމުން- ފަހުމީ

ހުޅުމާލޭ މިސްކިތެއްގައި ތަރާވީސް ނަމާދު ކުރަނިކޮށް ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރެއްގެ ބައިތައް ވަގަށް ނެގުމުން- ފަހުމީ

އައިޝަތު އިފާޝާ

logo

3/23/2024, 1:02:28 AM

# ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ - ފޮޓޯ: ސްޓެލްކޯ

މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެފައިވަނިކޮށް އަނެއްކާވެސް އެފަދަ މައްސަލައެއް ކުރިމަތިވެއްޖެއެވެ.

ގޮސިޔާ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހަސަން އަދަމް މިސްކިތުގައި ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެމިސްކިތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައވަނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން ކަމަށެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށްލައިގެން ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެސް އެކުންފުނީގެ އެމްޑީ ފަހުމީ ވިދާޅުވެފައިވެއެވެ.

View post on Twitter

މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ނުރައްކަލެއްކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ, ސައުވީސް ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައިދީ އަދި އެފަދަ ތަކެތި ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގައި ހުންނަ ޓްރާންސްފޯމަރުތަކަށް ގެއްލުންދީ އަދި އެތަންތަނުން ވައްކަން ކުރާ މައްސަލަ ފެންމަތިވެފައިވާއިރު، ޚިދުމަތަށް މެދުނުކެނޑި ދިނުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ