logoEN
Sto top
ރަޝިޔުާގެ ކޮންސެޓް ހޯލެއްގައި ތެރެއަށް ހަތިޔާރި އެޅި ބަޔަކު ވަދެ ގިނަ ބަޔަކު މަރާލައިފި

ރަޝިޔުާގެ ކޮންސެޓް ހޯލެއްގައި ތެރެއަށް ހަތިޔާރި އެޅި ބަޔަކު ވަދެ ގިނަ ބަޔަކު މަރާލައިފި

އަހުމަދު ޝުރާއު

logo

3/22/2024, 6:40:26 PM

# ރަޝިޔާ

ހަމަލާދިން ހޯލް

ހަނގުރާމައިގެ ހެދުން އަޅައިގެން ތިބި ހަތިޔާރު އެޅި މީހުން މޮސްކޯގެ ބޮޑު ކޮންސެޓް ހޯލަކަށް ވަދެ އެތާގައި ތިބި މީހުންނަށް ހަމަލާދީ ގިނަ ބަޔަކު މަރާލާފައިވާކަމަށް ރަޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

Wamco

ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާދީފައިވަނީ ހު މޮސްކޯގެ ހުޅަނގު ފަރާތުގައި ހުންނަ ކްރޮކަސް ސިޓީ ހޯލުގައި އެވެ. އެގޮތުން އެތަނަށް ވަދެ ހަމަލާދީފައިވަނީ ހަނގުރާމައިގެ ހެދުން އަޅައިގެން ތިބި 3 މީހަކު ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ އޮޓަމެޓިކް ބަޑިތަކެއް ކަމަށާއި ގޮވާތަކެތިވެސް ބޭނުންކޮށްފައިވާކަން ރިޕޯޓުތައް ބުނެއެވެ. އެގޮތުން ގޮވާތަކެތި ގޮއްވާލުމުގެ ސަބަބުން އެހޯލްގައި ބޮޑު އަލިފާންގަނޑެއް ފެތުރެމުންދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިހަމަލާގައި ގިނަ ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު މަރުވީ ކިހާ އަދަދެެއްގެ ބައެއް ކަމެއް އެގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside