logoEN
cocacola
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލައެއް

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލައެއް

އައިޝަތު އިފާޝާ

logo

3/22/2024, 5:17:16 PM

# ސްޓެލްކޯ

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކޮށްފައި

މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ބޭނުންކުރަމުންދާ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ފެންމަތިވެ އެކަން ކަމާއި ބެހޭ ފަރާތްތަކަށް އެކުންފުނިން ހުށަހަޅައިފިއެވެ.

ގޮސިޔާ

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށްލައިގެން ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާކަން ފާހަގަކުރެވިފައިވާކަމަށާއި، އެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފާއިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރޭ ފަތިހު އަދި މިރޭވެސް ހުޅުމާލޭ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ނުރައްކަލެއްކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ ސައުވީސް ގަޑިއިރު ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައިދީ އަދި އެފަދަ ތަކެތި ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގައި ހުންނަ ޓްރާންސްފޯމަރުތަކަށް ގެއްލުންދީ އަދި އެތަންތަނުން ވައްކަން ކުރާ މައްސަލަ ފެންމަތިވެފައިވާއިރު، ޚިދުމަތަށް މެދުނުކެނޑި ދިނުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ